މީޑިޔާ

ސަރކިއުލަރ

shape
shape
shape
shape
shape
shape
image
image

މި މިނިސްޓްރީން ކުއްޔަށްދޫކޮށްފައިވާ ޓޫރިސްޓް ރިޒޯޓުތަކާއި ގެސްޓްހައުސްތަކާއި ހޮޓާތަކުގެ ބިމު ކުލި ފަސްކޮށްދިނުމާއިގުޅޭ

ކޮވިޑް -19 ގެ ބަލިމަޑުކަމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ މާލީ ހީނަރުކަމުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި އެފަރާތްތަކަށް މާލީ އެހީތެރިކަމާއި އިތުރު ލުއިތައް ފޯރުކޮށްދިނުމަށްޓަކައި މި މިނިސްޓްރީން ކުއްޔަށްދޫކޮށްފައިވާ ރިޒޯޓުތަކުން 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރަށް ނިސްބަތްވާ ބިމު ކުލި 1 ޖޫން 2021 އިން ފެށިގެން ދައްކާ ގޮތަށް މިނިސްޓްރީ އޮފް ފިނޭންސް ގެ ނަންބަރު   (28 ޖޫން 2020) ސަރކިއުލަރ އިން ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން މަތީގައިވާ ގޮތުގެ މަތިން ފަސްކޮށްދީފައިވާ ކުލި ދައްކަން ފަށާނީ 1 ޖޫން 2021 އިން ފެށިގެން 4 (ހަތަރެއް) ކުއާޓަރަށް ބަހައިލައިގެން އަންނަނިވި ސުންގަޑިތަކަށެވެ.

  • ފުރަތަމަ ކުއާޓަރލީ ޕޭމަންޓް 30 ޖޫން 2021
  • ދެވަނަ ކުއާޓަރލީ ޕޭމަންޓް 30 ސެޕްޓެމްބަރ 2021
  • ތިންވަނަ ކުއާޓަރލީ ޕޭމަންޓް 31 ޑިސެމްބަރ 2021
  • ހަތަރުވަނަ ކުއާޓަރލީ ޕޭމަންޓް 31 މާރިޗު 2022

އަދި ފަސްކޮށްދޭ ކުއްޔަށް ފައިސާ ނުދެއްކުމާއި ގުޅިގެން ޖޫރިމަނާ އާއި އިންޓްރެސްޓް ހިނގަން ފަށާނީ މަތީގައި ބަޔާންކޮށްފައިވާ ތާރީޚުތަކަށް ފައިސާ ދައްކާފައިނުވާނަމައެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟