މީޑިޔާ

ÞšÞ¦Þ„Þ¦ÞƒÞª

shape
shape
shape
shape
shape
shape
image
image

ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމާ ގުޅޭގޮތުން ނެރޭ ބަޔާން

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭ ގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، 15 ޖުލައި 2020 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލައި، ފަތުރުވެރިކަން އަލުން ފެށި ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މިއަދު އިޢުލާނުކުރައްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން 15 ޖުލައި 2020 ގައި އަލުން ފަށައިގަންނައިރު، ފަތުރުވެރިކަމުގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ޢަމަލުކުރަންޖެހޭ "ގައިޑްލައިން ފޮރ ރީސްޓާޓިންގ ޓޫރިޒަމް އިން މޯލްޑިވްސް" އާއި "މޯލްޑިވްސް ޓްރެވަލް އިންފޮރމޭޝަން" މިއަދު މި މިނިސްޓްރީން ޝާއިޢުކޮށް، މިނިސްޓްރީގެ ސަރކިއުލަރއެއް މެދުވެރިކޮށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ވަނީ ފޮނުވާފައެވެ. މީގެ އިތުރުން، އަލުން ފަތުރުވެރިކަން ފަށާއިރު، ކޮވިޑް- 19 އާ ގުޅިގެން ވަޒީފާ ގެއްލުނު ނުވަތަ ވަޒީފާއިން ސަސްޕެންޑްކުރި މުވައްޒަފުންނަށް އިސްކަންދިނުމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ހުރިހާ ތަންތަނަށް ވަނީ މިމިނިސްޓްރީގެ ސަރކިއުލަރއަކުން އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟