މީޑިޔާ

އިއުލާން

shape
shape
shape
shape
shape
shape
image
image

ސުވެނިއަރ ވިޔަފާރިކުރާ ފަރާތްތައް ދެނެގަތުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އިން ޑައިރެކްޓަރީއެއް އެކުލަވާލުން.

 

ސްވެނިއަރ ވިޔަފާރިއަކީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތަކުގެ ތެރެއިން މުހިންމު ވިޔަފާރި އަކަށް ވީހިނދު، ސްވެނިއަރ ޝޮޕްތައް ހިންގާ ފަރާތްތަކަށް ފަތުރުވެރިކަމުގެ މަންފާ ލިބޭނެ މަގު އިތުރަށް ތަނަވަސްވުމަކީ  މިމިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.އަދި އެހެންމެ ފަތުރުވެރިންނަށް ސްވެނިއަރ ޝޮޕްތަކުން ލިބިދޭ ޚިދުމަތްތައްވެސް ވީ އެންމެ ފުރިހަމަ ގޮތެއްގައި  ލިބިދިނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭނެ ފުރުޞަތަކަށް ވާނެއެވެ.

ފަތުރުވެރިކަމާއި ސުވެނިއަރ ޝޮޕްތަކާއި ބޮޑަށް ގުޅުވާލުމުގެ ގޮތުން ރާއްޖޭގައި ހިންގާ ސުވެނިއަރ ފިހާރަތަކުގެ ޑައިރެކްޓަރީއެއް އެކުލަވާލުމަށް މިމިނިސްޓްރީން މިދަނީ މަސައްކަތް ކުރަމުންނެވެ.

ވީމާ، ސްވެނިއަރ ވިޔަފާރި ދަފްތަރުގައި ހިމެނުމަށް ބޭނުންފުޅުވާ އެފަދަ ވިޔަފާރިތަކުން މިމިނިސްޓްރީގެ ވެބްސައިޓްގައިވާ ފޯމް މެދުވެރިކޮށް ފުރިހަމަކުރެއްވުމަށްފަހު 8 ނޮވެމްބަރު 2020 ވާ އާދީއްތަ ދުވަހުގެކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ  ނަންބަރު 3022200 ނުވަތަ 3022207 އާއި ގުޅުއްވުން އެދެމެވެ.

 

 

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟