މީޑިޔާ

ޚަބަރު

shape
shape
shape
shape
shape
shape
image
image

'މިއީ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ފުރުޞަތުތައް ހޯދާ ފަތުރުވެރިކަމުގެ ވިޔަފާރީގެ އައު އުކުޅުތައް ތަޢާރަފް ކުރަންވީ ވަގުތު' މިނިސްޓަރ ޑރ. މަޢުސޫމް

މިނިސްޓަރ މިހެން ވިދާޅުވީ ދަ ސްޓޭންޑިންގ ކޮމިޓީ ފޯރ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން (ކޮމްސެކް) ގެ 36 ވަނަ ބައްދަލުވުމުގެ މިނިސްޓީރިއަލް ސެޝަންގައި ބައިވެރިވެ ވަޑައިގެން ތަޤުރީރުކުރައްވަމުންނެވެ.

ޕްރޮމޯޓިންގ އެންޓްރޕްރިނިއަރޝިޕް ފޯ ޓޫރިޒަމް އިންޑަސްޓްރީ ކޮމްޕެޓެޓިވްނަސް' ޝިޔާރުގެ ދަށުން ބޭއްވި ސެޝަންގައި ޑރ. މަޢުޞޫމް ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ލިބެމުންދާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވަނީ ވާހަކަދައްކަވާފައެވެ. މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ސަގާފީ ޓޫރިޒަމްއާއި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ހޯދަމުންދާ ކާމިޔާބުގެ ސިއްރަކީ އިންޑަސްޓްރީގެ ބައިވެރިންގެ މިންނަތް މަސައްކަތްކަމުގައެވެ. އަދި އެކަން ފާހަގަކުރައްވާ އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ކޮމްސެކް އަކީ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯރޕަރޭޝަން (އޯއައިސީ) ގައި ހިމެނޭ 4 ދާއިމީ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. ކޮމްސެކްގެ މެންބަރު ޤައުމުތަކުގެ ގޮތުގައި 57 ޤައުމުއޮވެއެވެ.

މި ބައްދަލުވުމުގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަޙްމަދު އަލް އޮތައިމީން އާއި މެންބަރު ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ބައެއް އިންޓަރނޭޝަނަލް އޯގަނައިޒޭޝަންގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ނޮވެމްބަރ 25 އިން 26 ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުން ހުޅުވާ ދެއްވީ ކޮމްސެކްގެ ޗެއަރމަން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟