މީޑިޔާ

އިއުލާން

shape
shape
shape
shape
shape
shape
image
image

ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެއްސުމަށް ރިޒޯޓެއް ކަނޑައެޅުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

ފޯރމް ޑައުންލޯޑް ކުރައްވާ 

 

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ވަކި ޙާއްސަ ރިޒޯޓެއް ކަނޑައެޅުމަށް މިމިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ކޮވިޑް-19 އަށް ފައްސިވާ އަދި ކޮންޓްރެކްޓް ޓްރޭސިންގ ގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ޓުއަރިސްޓުންނާއި އަދި މުވައްޒިފުން މިރިޒޯޓުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށްވަނީ ނިންމާފައެވެ.

ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ރިޒޯޓެއްގައި ހުންނަން ޖެހޭ ޝަރުތުތައް:

  1. މަދުވެގެން 50 (ފަންސާސް) ކޮޓަރީގެ ރިޒޯޓަކަށްވުން.
  2. މާލެ އަތޮޅު (ކ)، އަރިއަތޮޅު އުތުރުބުރި (އއ)، އަރިއަތޮޅު ދެކުނުބުރި (އދ) ނުވަތަ ފެލިދިއަތޮޅު (ވ) ރިޒޯޓެއް ކަމުގައިވުން.
  3. 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް މުޅި ރިޒޯޓް ލިބުން.
  4. ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް ރިޒޯޓުން ހަމަޖެހެން ހުރުން.
  5. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ (އެޗް.ޕީ.އޭ) ގެ އެންމެހައި ޤަވާއިދުތަކަށް ފެތޭ ފަދަ ރިޒޯޓަކަށްވުން.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެންބަރު 2020 ވާ އަންގާރަ ދުވަހުގެ 13:00ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 16 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޝައުޤުވެރިކަން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 09 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރެއްވުން އެދެމެވެ.

ޝައުޤުވެރިކަން ހާމަކޮށް ހުށަހަޅާ ކަރުދާހާއެކު ހިމަނަންޖެހޭ މައުލޫމާތު

  1. ޝައުޤުވެރިކަން ހާމަކުރުމަށް ހުށަހަޅާ ސިޓީ. (މި ސިޓީގައި ޝައުޤުވެރިކަން ހާމަކުރާ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތުގެ މައުލޫމާތު ހިމަނަންވާނެއެވެ.)

  1. ޝައުގުވެރިކަން ހުށަހަޅާ ވިޔަފާރި ނުވަތަ ފަރުދުގެ މައުލޫމާތު (ރަޖިސްޓްރީ، އައިޑީކާޑު ނުވަތަ ޕާސްޕޯރޓް ކޮޕީ، އަދި ލިބިފައިވާ ތަޖުރިބާއާއި ޤާބިލިއްޔަތުކަން ހާމަކޮށްދޭ ލިޔުން ހިމަނަންވާނެއެވެ.)

ޝައުޤުވެރިކަން ހުށަހަޅަންޖެހޭ ތާރީޚު:

ޝައުޤުވެރިކަން ހުށަހަޅަންވާނީ 16 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިންނެވެ. އަދި އެގަޑިއަށް ފަހު ހުށަހެޅޭ އެއްވެސް ލިޔުމެއް ބަލައެއް ނުގަނެވޭނެ ވާހަކަ ދެންނެނެވީމެވެ.

ޝައުޤުވެރިކަން  ހުށަހެޅުން:

ޝައުޤުވެރިކަން ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި ތިރީގައިވަ ފަދައިން ލިޔެފައި އޮންނަންވާނެއެވެ.

“EOI FOR MANAGING AND OPERATING A TOURIST RESORT FOR THE PURPOSE QUARANTINE AND ISOLATION

ޝައުޤުވެރިކަން ހުށަހަޅާނީ:

މިނިސްޓްރީ އޮފް ޓޫރިޒަމް

5 ވަނަ ފަންގިފިލާ، ހ. ވެލާނާގެ،

މާލެ'، ދިވެހިރާއްޖެ

ފޯނު ނަންބަރު: + 960 3022200, + 960 3022266, ފެކްސް ނަންބަރު: 3322512 960+

އީމެއިލް: [email protected]

ހުށަހެޅުންތައް ބަލާ ފާސްކުރުން

  1. ޝައުގުވެރިކަން ހުށަހަޅާފަރާތްތަކުން ހުށަހަޅާ ހުށަހެޅުމުގައި ހިމަނާފައިވާ މައުލޫމާތު މިމިނިސްޓްރީ ބަލާ މިންކުރެވޭނެއެވެ. މިމިންކުރުމަށްފަހު، އޭގެތެރެއިން ހޮވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.

             މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 09  ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މިމިނިސްޓްރީގެ ނަންބަރު (+960) 302 2207  އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟