ޓޫރިޒަމް އިންފޯރމޭޝަން މެނޭޖްމެންޓް ސިސްޓަމް (ޓިމްސް)

shape
shape
shape
shape
shape
shape
image

ޓޫރިޒަމް އިންފޯރމޭޝަން މެނޭޖްމެންޓް ސިސްޓަމް (ޓިމްސް)

ޓޫރިޒަމް އިންފޯރމޭޝަން މެނޭޖްމެންޓް ސިސްޓަމް (ޓިމްސް) އަކީ ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޯރ އިންފޯރމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) ގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީއަށް ފަރުމާކޮއްދީފައިވާ އޮންލައިން ސިސްޓަމެކެވެ. މި ސިސްޓަމްގެ މައިގަނޑު މަޤުޞަދަކީ މި މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތު ރާއްޖޭގެ އީ-ގަވަރމެންޓް ސިސްޓަމްގެ ތެރެއިން ގުޅުވާލާ، ވީހާވެސް ތިމާވެއްޓާއި ރައްޓެހިގޮތުގައި އެކިއެކި ޓޫރިސްޓް ފެސިލިޓީ ތަކުން ފުރިހަމަ ސެކިއުރިޓީއާއި އެކު އެ ފެސިލިޓީއެއްގެ ޑޭޓާ އަޕްލޯޑް ކޮށް، މި މިނިސްޓްރީއަށް ލިބޭނެގޮތް ހެދުމެވެ. މިގޮތުން މި ސިސްޓަމް، ނުވަތަ ޓިމްސް، ވަނީ އެން.ސީ.އައި.ޓީ އިން ތައްޔާރުކޮށްފައިވާ އީ-ފާސް ލޮގްއިން ކުރުމުގެ ޚިދުމަތުގެ ބޭނުން ހިފާފައެވެ. އީ-ފާސް އަކީ ދިވެހި ސަރުކާރުގެ އެކިއެކި ޕޯޓަލްތަކުގެ ބޭނުން ހިފާ ފަރާތްތަކަށް ޚާއްޞަކުރެވިގެން ތައްޔާރުކުރެވިފައިވާ ސިންގަލް ސައިން އޮން ސަރވިސްއެކެވެ.

މިހެންކަމުން، ޓިމްސް އަށް ލޮގިން ކުރުމަށް އީ-ފާސް ގެ ބޭނުން ހިފަން ޖެހެއެވެ. މިގޮތުން ކޮންމެ ފަސިލިޓީއަކަށްވެސް އެޑްމިނިސްޓްރޭޓިވް އެކައުންޓެއް ހަދައިދެވޭނެއެވެ. މި އެކައުންޓް ގުޅުވާލެވިފައިވާނީ އެ ފަސިލިޓީއެއްގެ ކޮންމެވެސް ފަރާތެއްގެ އެކައުންޓާއެވެ. އެ ފަރާތަށް އެ ފަސިލިޓީއިން އަޕްލޯޑު ކުރާ ހުރިހާ ޑޭޓާއަކަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މިހެންކަމުން އެޑްމިން އެކައުންޓް ގުޅުވާލެވޭ ފަރާތަކީ އެ ފެސިލިޓީއެއްގެ ފުރިހަމަ އިތުބާރު ލިބިފައިވާ ފަރާތަކަށް ވުން ލާޒުމް ވެއެވެ.

ޓިމްގެ ސަބަބުން މި ބޭނުންކުރާ ފެސިލިޓީތަކަށް ލިބޭ ފަސޭހަތައް

ޓޫރިޒަމް ސްޓެޓިސްޓިކްސް ގެ ޤަވާޢިދުގެ ދަށުން ކޮންމެ ޓޫރިސްޓު ފެސިލިޓީއަކުންވެސް ހަފްތާއަކު، ނުވަތަ، މަހަކު އެއްފަހަރު އެ ފެސިލިޓީއެއްގެ ރިޕޯޓްތައް ޓޫރިޒަމް މިނިސްޓްރީއަށް ހުޅަހަޅަން ޖެހެއެވެ. މިކަމުގެ ސަބަބުން ވަރަށް ބުރަ މަސައްކަތެއް ކޮށް ވަރަށް ގިނަ ޑޭޓާތަކެއްގެ މުޢާމަލާތް މިފަދަ ތަންތަނާއި މި މިނިސްޓްރީއާއި ދެމެދު ހިންގަންޖެހެއެވެ. ޓިމްސް އައުމުގެ ކުރިން މި ކަންކަން ހިނގަމުން ދިޔައީ އީމެއިލް އާއި ފެކްސްގެ ޒަރިއްޔާއިންނެވެ. ޓިމްސް ގެ ސަބަބުން މި ބުރަ މަސައްކަތް ވަރަށް ފަސޭހަ ވެގެންދާނެއެވެ. މިގޮތުން ޓޫރިސްޓް ފެސިލިޓީތަކުގައި މިހާރުވެސް އިންތިޒާމު ކުރެވިފައިވާ ސިސްޓަމް ތަކުން ސީދާ ޓިމްސްއަށް ވެސް މި ޑޭޓާތައް ފޮނުވާލެވިދާނެއެވެ. މިހެން ކަމުން ވަރަށް ގިނަ ވަގުތާއި ބުރައެއް ޓިމްސް ގެ ސަބަބުން ސަލާމަތް ކުރެވިގެން ދާނެއެވެ.

މީގެ އިތުރުން، ޓިމްސް އެއްކޮށް ފުރިހަމަ ވުމުން، މި މިނިސްޓްރީއިން ބޭނުންވާ އެހެނިހެން ޚިދުމަތް ތަކަށްވެސް ޓީމްސް ގެ ބޭނުން ހިފޭނެއެވެ. މިގޮތުން ފެސިލިޓީ ރެޖިސްޓްރޭޝަން ފޯމް ތައް ބަލައިގަތުމާއި އަދި އެހެނިހެން މައުލޫމާތު ތައް ހިއްސާ ކުރުންވެސް މީގެތެރެއިން ހިނގާނެއެވެ. އަދި ޓިމްސް އަކީ ރިސާރޗް ޓޫލް އެއް ގޮތުގައިވެސް ބޭނުންކުރެވިގެންދާނެއެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ސަރކިއުލަރ

recent

recent

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟