ޓޫރިޒަމް މިނިސްޓްރީގެ ތަޢާރަފް

shape
shape
shape
shape
shape
shape
image

އޯރގަނައިޒޭޝަން ޗާރޓް


ސަރވިސް ޗާޓަރ

 

އަހަރީ ރިޕޯޓް 
 

 

މުވައްޒަފުންގެ މުސާރައިގެ ތަފްސީލު 


ވިޒަން

ފަތުރުވެރިކަމަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި ބެންޗްމާރކްއެއްގެ ދަރަޖަ ހާޞިލްކުރުމަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަޞައްވުރެވެ. މިއީ ހަމަ އެކަނި އިޤްތިޞާދީ ގޮތުން ފައިދާވުމުގެ އިތުރުން ޤުދުރަތީ ވެއްޓައި، އާސާރުތަކާއި، ރަށްވެހިންގެ އެންމެ އަސާސީ ޤަބޫލުކުރުންތަކާއި އެކުއެކީގައި ކުރިއަރައިގެން ދާނެހެން ގެނެވޭ ތަރައްޤީއެކެވެ.

މި ގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ޚިދުމަތުގައި އަޅުގަނޑުމެން މިދަނީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމުގައި އެންމެ ފުރިހަމަ މިސާލުތައް ދުނިޔޭގެ އެކިތަންތަނުން ދިރާސާކޮށް ހޯދައި، އެ ގޮތްތައް ކުރިއަރުވަމުންނެވެ.

 

މިޝަން

އަޅުގަނޑުމެންގެ މިޝަން އަކީ ދިވެހިރާއްޖޭގެ ރައްޔަތުންގެ ދިރިއުޅުމުގެ ފެންވަރު ކުރިއެރުވުމަށްޓަކައި އިޤްތިޞާދާއި، ތިމާވެއްޓާއި، އިޖްތިމާޢީ ފައިދާތަކާއި މި ހުރިހާ ކަމަކަށް ހަމަހަމަކަން ގެނުވާ، މި ކަންކަމުގެ ފައިދާ ހަމަހަމަ ގޮތުގައި އެންމެހާ ދިވެހިންނަށް ލިއްބައިދިނުމުގެ ގޮތުން މި އިންޑަސްޓްރީގައި ދިވެހިން ތަމްސީލުވަމުންދާ ނިސްބަތް އިތުރުކޮށް، އަދި ޓޫރިޒަމްގެ ސަބަބުން ނުކުންނަ ނޭދެވޭ ކަންކަން މަދުކޮށް، ދުނިޔޭގެ މާރކެޓްގައި ރާއްޖޭގެ ޓޫރިޒަމްގެ ވެލިއު އިތުރު ކުރުމެވެ.

 

ރޯލު / މައިގަނޑު މަސައްކަތްތައް

އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތްތަކީ ޤަޢުމީ ލެވެލްގައި ޓޫރިޒަމް ތަރައްޤީކޮށް، ދިގު މުއްދަތުގެ ޕްލޭންތައް ހަދާ، އެ ކަންކަން ކުރިޔަށް ހިންގާ، ކުރިއަރަމުންދާ މިންވަރު ބަލާ، އަދި ރެގިއުލޭޓަރީ މަސައްކަތްތައް ކުރުމާއި، ދިވެހި ރައްޔިތުންނަށް ފައިދާ ކުރަނިވި ދެމެހެއްޓެނިވި ތަރައްޤީއެއް ޓުއަރިޒަމް އިންޑަސްޓްރީއަށް ގެންނަން މަސައްކަތްކުރުމެވެ.

މިގޮތުން ތިރީގައި އެ ވަނީ މި މިނިސްޓްރީ އިން އަދާކުރަމުން ދާ ރޯލުތަކެވެ:

  • ރާއްޖޭގައި ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ހަދަންޖެހޭ ޕޮލިސީތައް ހެދުމުގެ ދިރާސާތައް ކޮށް، އެ ހެދުމަށް ފަހު ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީ ގެނައުމުގެ ގޮތުން މި ޕޮލިސީތައް އިތުރަށް ވަރުގަދަ ކުރުން.
  • ޤަޢުމީ ލެވެލްގައި މުޅި ރާއްޖެއަށް ޓޫރިޒަމްގެ ފައިދާ ލިބެނިވި ގޮތަށް ދިގު މުއްދަތުގެ ޕްލޭންތައް ކޮށް، ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް އޭގެ ފައިދާ ރަށްވެހީންނަށް ލިބޭގޮތް ހަދާ، ގެސްޓްހައުސް ޓޫރިޒަމް އަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުން.
  • މި ކަންކަމުގައި ހިމެނޭ ހުރިހާ ސްޓޭކްހޯލްޑަރުންގެ އެއްބާރުލުމާއި އެކު ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުން
  • ޓޫރިޒަމާއި ގުޅޭ ޤާނޫނުތަކާއި ޤަވާޢިދު ތައް ފަރުމާކޮށް، އެ ހިންގާ، މޮނީޓަރިން ކެޕޭސިޓީ އިތުރުކޮށް، މުޅި އިންޑަސްޓްރީގެ ރެގިއުލޭޓަރީ ފްރޭމްވޯރކް ވަރުގަދަކުރުން.
  • ފެސިލިޓީތަކާއި ދެވޭ ޚިދުމަތްތަކުގެ ސްޓޭންޑަރޑް ކަނޑައަޅާ، އެޑްމިނިސްޓަރ ކުރުން
  • ޓޫރިޒަމް ކުރިއެރުވުމުގަ އާއި އޮޕަރޭޓް ކުރުމުގައި ވީހާވެސް ތިމާވެއްޓާއި ރަހުމަތްތެރި ޕްރިންސިޕަލްތަކުގެ ބޭނުން ހިފުން
  • ސްޓެޓިސްޓިކްސް ގެ ގޮތުގައި ޑޭޓާ ބަލައިގަތުމާއި، ރައްކާކުރުން އަދި އެ ޑޭޓާ ބޭނުންކޮއްގެން ރިޕޯޓްތައް ހެދުން
  • ސްޓެޓިސްޓިކްސް އާއި ގުޅޭ ރިސާރޗް ހެދުމާއި ޑޭޓާ ހޯދުމާއި އެ ބޭނުންކޮއްގެން ރިޕޯރޓް ނެރުން
  • ޓޫރިޒަމް އިންޑަސްޓރީގައި ދިވެހިން ތަމްޞީލު ވާ ނިސްބަތް އިތުރު ކުރުމުގެ ގޮތުން ހިއުމަން ރިސޯސް ޑިވެލޮޕް ކުރުމުގެ ކަންކަން ޕްލޭން ކުރުމާއި ހިންގުން
  • ޓްރޭނިންގ ދިނުމުގެ ސްޓޭންޑަރޑް ތައް ކަނޑައަޅައި އެޑްމިނިސްޓަރ ކުރުން
  • ޓޫރިޒަމްގެ ބޭނުންތަކަށް ބިން ދޫކޮށް، ހުރިހާ ޓޫރިޒަމް އޮޕަރޭޓަރުންނާއި ފެސިލިޓީތައް ރެޖިސްޓަރކޮށް އެ ރެޖިސްޓްރީ ބެލެހެއްޓުން
  • ދުނިޔޭގެ މާކެޓްގައި ރާއްޖެ އޮންނަންވީ ގޮތުގެ މާކެޓިންގ ޕޮލިސީތައް ހަދާ، ދުނިޔޭގެ މާކެޓުގައި ރާއްޖެ ކުރިއެރުވުން
  • ޓޫރިޒަމްގެ ގޮތުގައި ރާއްޖެއިން ހަށަހަޅާ ޕްރޮޑަކްޓްތައް ޑައިވާރސިފައި ކުރުމުގެ ގޮތުން ޕްލޭންކޮށް ސްޓްރެޓަޖީ ހެދުން

 

 

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟