ފަތުރުވެރިކަން ތަރައްޤީކުރުމަށް މާލެއަތޮޅު (ކ) ކާށިދޫގެ ފަޅުތެރެއިން ފާހަގަކޮށްފައިވާ ސަރަހައްދުގެ ބެތިމެޓްރީ ސަރވޭ ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
އިޢުލާން
މިއިއުލާނާއިއެކު ހިމެނިފައިވާ މައުލޫމާތު ޝީޓްގައި ތަފްސީލް ދެވިފައިވާ ގޮތަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް މާލެއަތޮޅު (ކ) ކާށިދޫގެ ފަޅުތެރެއިން ފާހަގަކޮށްފައިވާ ސަރަހައްދުގެ ބެތިމެޓްރީ ސަރވޭ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރެވޭ ދުވަހުން ފެށިގެން 20 ދުވަހެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިއަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
ބީލަން ހުށަހެޅުން/ހުޅުވުން |
19 ސެޕްޓެމްބަރު 2022 (ހޯމަ) |
10:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
މި އިޢުލާނާއި ގުޅިގެން ޕްރީ-ބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ.
އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 18 ސެޕްޓެމްބަރު 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން 3022288 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
08 ސެޕްޓެންބަރު 2022