މީޑިޔާ

ޚަބަރު

shape
shape
shape
shape
shape
shape
image
image

އުންމީދަކީ ކޮވިޑް-19 އަށް ތަޢާރަފުކުރަމުންދާ ވެކްސިންތައް ކައިރި މުސްތަޤްބަލެއްގައި ބޭނުންކުރަންފެށި،  މިހާރު ހަދަމުންދާ ޕީ.ސީ.އާރު. ޓެސްޓުތައް ހެދުމުގައި ދިމާވަމުންދާ ދަތި ތަކުން މިންޖުވެ، ފަތުރުވެރިންނަށް ދަތުރުފަތުރަށް ފަހިވުންކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (UNWTO) ގެ ފަރާތުން އިންތިޒާމުކުރެއްވި  "ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ" ގެ 7ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަތުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތަށް އަލިއަޅުއްވާލައްވާ 2021 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ ކުރިއަރާނޭ އަހަރެއްކަމަށް ލަފާކުރައްވާކަމުގައި ވިދާޅުވިއެވެ.

މިބައްދަލުވުމުގައި UNWTOގެ ސެކްރެޓަރީ-ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލިއާއި،  UNWTO އެގްޒެކެޓިވް ކައުންސިލްގެ ޗެއަރ ނަޖީބް ބަލާލާއާއި، ICCގެ ސެކްރެޓަރީ-ޖެނެރަލް ޖޯން ޑެންޓަން، ICAOގެ ސެކްރެޓަރީ-ޖެނެރަލް ފޭންގ ލިޔުގެ އިތުރުން މެމްބަރު ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މިކޮމިޓީއަކީ ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ޙައްލެއް ގެނައުމަށްޓަކައި UNWTO އިން އެކުލަވާލެއްވި ކޮމިޓީއެކެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟