މީޑިޔާ

ޚަބަރު

shape
shape
shape
shape
shape
shape
image
image

"ފްލެގް ގާލް" ގެ 144 ވަނަ ގައުމަކަށް ދިވެހިރާއްޖެ

އެންމެ ގިނަ ޤައުމުތަކަށް ބަންގްލަދޭޝްގެ ދިދަ ހިފައިގެން ދަތުރު ކުރަމުންދާ ދުނިޔޭގެ ރިކޯޑްފޮތުން ޖާގަ ހޯދާފައިވާ ނަޖުމުއްނަހާރު ރާއްޖެއަށް ޒިޔާރަތް ކޮށްފިއެވެ. ނަޖުމުއްނަހާރުގެ އަމާޒަކީ ދުނިޔޭގެ ސުލްޙަ އަދި އަންހެނުންނާއި ކުޑަކުދިން ކުރިއެރުވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 200 ޤައުމަކަށް ޒިޔާރަތް ކުރުމެވެ.

ނަޖުމުނަހާރުގެ މިމަސައްކަތްތައް ބައިނަލް އަޤްވާމީ ޖަމާޢަތްތަކުން ބަލައިގަނެ ހިތްވަރު ދިނުމުގެ ގޮތުން އިނާމުތަކާއި ޝަރަފްތައްވަނީ އޭނާއަށް އަރުވާފައެވެ. އެގޮތުން "ދަ ޕީސް ޓޯޗް ބެއަރރާ އެވޯރޑް"، "ސަކްސެސްފުލް ވިމެން އެވޯޑް"، އަދި "ރެޑްކްރެސެންޓް މޯޓިވޭޝަނަލް އެވޯރޑް" ވަނީ ލިބިފައެވެ.

ނަޖުމުއްނަހާރު މިހާރު ކުރަމުންދާ މަސައްކަތަކީ ދުނިޔޭގެ ޤައުމުތަކުގެ ޒުވާނުން ގުޅުވައިދިނުމަށް "އިންސްޕިރޭޝަން ގްލޯބަލް ޕްލޭޓްފޯމް" އެއް ޤާއިމް ކުރުމެވެ. 

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟