މީޑިޔާ

ޚަބަރު

shape
shape
shape
shape
shape
shape
image
image

މިނިސްޓަރ ޑރ. މަޢުސޫމްގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުސޫމްގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ދެޤައުމުގެ މެދުގައި އޮންނަ ޒަމާންވީ އެކުވެރި ގާތް ގުޅުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ކޮވިޑް-19 އިން އަރައިގަތުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޤާއިމުކުރެވިގެންދިޔަ "އެއަރ ބަބްލް" އަދި ޢިންޑިއާގެ ކާރގޯ ފެރީގެ ޚިދުމަތަށް އިންޑިއާ ސަރުކާރަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖެ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި އިންޑިއާގައި އިތުރަށް އިޝްތިހާރުކުރުމާ ގުޅޭގޮތުންނާއި ދެ ޤައުމު ދޭތެރޭ ދަތުރުކުރާ ޕްލައިޓްތައް އިތުރުކުރުމާ ބެހޭގޮތުން ފޮރިން ސެކްރެޓަރީ މަޝްވަރާކުރެއްވެވިއެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟