މީޑިޔާ

ޚަބަރު

shape
shape
shape
shape
shape
shape
image
image

މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާ ދެމެދު ޓޫރިޒަމް އިންޑަސްޓްރީގައި މީހުން ބިނާކުރުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ދެމެދު ޢިލްމީ ރޮނގުންނާއި ޢަމަލީ ރޮނގުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެ ފަހުމުނާމާއެއްގައި މިއަދުވަނީ ސޮއިކުރެވިފައެވެ. މި ފަހުމުނާމާގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. އަބްދުﷲ މައުޞޫމްއެވެ.  އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ. މުޙައްމަދު ޝަރީފްއެވެ. މިރަސްމިއްޔާތުގައި ޔުނިވަރސިޓީގެ  ފެކަލްޓީ އޮފް ހޮސްޕިޓަލިޓީގެ ޑީން އަލްފާޟިލާ ޒީނަތު ޞާލިޙު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފަހުމުނާމާގެ ދަށުން ޔުނިވަރސިޓީގެ އެކެޑެމިކް ޕްރޮގްރާމްތަކާ ކޯސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުން މީހުން ތަމްރީންކޮށްދިނުމަށް މިނިސްޓްރީ އިން ޔުނިވަރސިޓީގައި އެދުމުން އެކަމަށް ޔުނިވަރސިޓީ އިން މަގުފަހިކޮށްދީ ޖާގަ ހަމަޖައްސައިދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދުވަނީ މިއަދު އެއްބަސްވެވިފައެވެ. މިފަހުމުނާމާގައި ސޮއިކުރުމުގެ މައިގަޑު މަޤުސަދަކީ ޓޫރިޒަމް ސިނާޢަތުގައި ދިވެހި މަސައްކަތްތެރީން އިތުރުކުރުމާއި، މި ދާއިރާގައި މަސައްކަތްކުރައްވާ ދިވެހިންނަށް އެބޭފުޅުން އަދާކުރާހިތްވާ ވަޒީފާތައް ހޯދައިދިނުމަށް މަގުފަހިކޮށްދީ މިދާއިރާއިން އިތުރަށް ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުންނާއި ގިނަ ދިވެހީންތަކަކަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި މަތީ މަޤާމުތަކަށް (މެނޭޖްމަންޓް ލެވެލަށް) ދެވޭނޭމަގު ފަހިކޮށްދިނުމެވެ.

 

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟