މީޑިޔާ

ނޫސްބަޔާން

shape
shape
shape
shape
shape
shape
image
image

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ލޯކަލް ކައުންސިލްތަކަށް ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް

 

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ކައުންސިލްތަކާ ވީހާވެސް ގާތުން ގުޅިގެން މަސައްކަތްތައް ހިންގުމުގެ ގޮތުންނާއި ކައުންސިލްތައް ބާރުވެރިކުރުވާ ލާމަރުކަޒުކުރުމަށް ބާރުއެޅުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިރަމުން އިސްނަގައިގެން ނިމިދިޔަ އަހަރުގެ ތެރޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ގެސްޓްހައުސް އަދި ޓްރެވަލް އެޖެންސީ އަލަށް ރަޖިސްޓްރީ ކުރުމަށާއި، ރަޖިސްޓްރީ އައުކުރުމަށް ކުރެވޭ އިންސްޕެކްޝަންގެ ތަމްރީން ޕްރޮގްރާމެއްވަނީ ބާއްވާފައެވެ. ޖުމްލަ 199 ކައުންސިލުން ބައިވެރިވެފައިވާ އިސްވެދެންނެވުނު ތަމްރީނު ޕްރޮގްރާމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިވާކަން ފާހަގަކޮށް އެޕްރޮގްރާމްގެ ވަރޗުއަލް ރިފްރެޝަރ ޕްރޮގްރާމެއް މިހިނގާ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހު މިމިނިސްޓްރީގެ ފަރާތުން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހަމަ އެދުވަހު ޑައިވް ސެންޓަރުތަކުގެ އަލަށް ރަޖިސްޓްރީ ކުރުމަށާއި، ރަޖިސްޓްރީ އާކުރުމަށް ކުރެވޭ އިންސްޕެކްޝަންގެ ތަމްރީނު ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިތަމްރީން މެދުވެރިކޮށް، ލާމަރުކަޒީ އުސޫލުން ކައުންސިލްތަކަށް މިފަދަ އިންސްޕެކްޝަންތައް ކުރުމުގެ ފުރުޞަތު ލިބެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކިކަންކޮޅުތަކުން ޓޫރިސްޓް ގެސްޓްހައުސް، ޓްރެވަލް އެޖެންސީ އަދި ޑައިވް ސެންޓަރުތައް ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތްތަކަށް މި މަރުޙަލާ ލުއިފަސޭހަވުމަށް މަގުފަހިވެގެން ދާނެއެވެ. މިފުރުޞަތުގައި ކައުންސިލްތަކުން މިނިސްޓްރީގެ މިފަދަ މަސައްކަތްތަކަށް ދެއްވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟