މީޑިޔާ

އިއުލާން

shape
shape
shape
shape
shape
shape
image
image

ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުޅުމާލެއިން3 (ތިނެއް) ޓޫރިސްޓު ގެސްޓްހައުސް/ހޮޓާ ކަނޑައެޅުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ހުޅުމާލެއިން ވަކި ޙާއްސަ 3 (ތިނެއް)ޓޫރިސްޓު ގެސްޓުހައުސް/ހޮޓާ ކަނޑައެޅުމަށް މިމިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ކޮވިޑް-19 އަށް ފައްސިވާ އަދި ކޮންޓްރެކްޓް ޓްރޭސިންގގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ މުވައްޒިފުން މި 3 (ތިނެއް) ގެސްޓުހައުސް/ހޮޓަލުގައިއައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށްވަނީ ނިންމާފައެވެ.

ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެގޮތުގައި ހަމަޖައްސާ ގެސްޓުހައުސް/ހޮޓާތަކުގައި ހުންނަން ޖެހޭ ޝަރުތުތައް:

  1. މަދުވެގެން 15 (ފަނަރަ)ކޮޓަރި ހުރި 03 (ތިނެއް) ތަން.
  2. ހުޅުމާލޭގައި ހުރި ތަނެއް ކަމުގައިވުން.
  3. 3 (ތިނެއް) މަސްދުވަހަށްވުރެ ކުރުނޫން މުއްދަތަކަށް މި 3 (ތިނެއް) ގެސްޓުހައުސް/ހޮޓާ ލިބުން.
  4. މިތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަރަންޓީން އަދި އައިސޮލޭޓް ކުރެވޭ މީހުންގެ ކެއުމާއި ތިބުމުގެ އެންމެހާ އިންތިޒާމްތައް އެ ތަނަކުން ހަމަޖެހެން ހުރުން.
  5. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ (އެޗް.ޕީ.އޭ) ގެ އެންމެހައި ޤަވާއިދުތަކަށް ފެތޭ ފަދަ ތަނަކަށްވުން.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22ނޮވެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 13:00ގައިވަރޗުއަލްކޮށް(ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ،30 ނޮވެމްބަރު 2020 ވާހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ޝައުޤުވެރިކަން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 19 ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދިނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރެއްވުން އެދެމެވެ.

ޝައުޤުވެރިކަން ހާމަކޮށް ހުށަހަޅާ ކަރުދާހާއެކު ހިމަނަންޖެހޭ މައުލޫމާތު

  1. ޝައުޤުވެރިކަން ހާމަކުރުމަށް ހުށަހަޅާ ސިޓީ. (މި ސިޓީގައި ޝައުޤުވެރިކަން ހާމަކުރާ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތުގެ މައުލޫމާތު ހިމަނަންވާނެއެވެ.)

  1. ޝައުގުވެރިކަން ހުށަހަޅާ ވިޔަފާރި ނުވަތަ ފަރުދުގެ މައުލޫމާތު (ރަޖިސްޓްރީ، އައިޑީކާޑު ނުވަތަ ޕާސްޕޯރޓް ކޮޕީ، އަދި ލިބިފައިވާ ތަޖުރިބާއާއި ޤާބިލިއްޔަތުކަން ހާމަކޮށްދޭ ލިޔުން ހިމަނަންވާނެއެވެ.)

ޝައުޤުވެރިކަން ހުށަހަޅަންޖެހޭ ތާރީޚު:

ޝައުޤުވެރިކަން ހުށަހަޅަންވާނީ 30 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިންނެވެ.އަދި އެގަޑިއަށް ފަހު ހުށަހެޅޭ އެއްވެސް ލިޔުމެއް ބަލައެއް ނުގަނެވޭނެ ވާހަކަ ދެންނެނެވީމެވެ.

ޝައުޤުވެރިކަން  ހުށަހެޅުން:

ޝައުޤުވެރިކަން ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި ތިރީގައިވަ ފަދައިން ލިޔެފައި އޮންނަންވާނެއެވެ.

“EOI FOR MANAGING AND OPERATING 03 TOURIST GUESTHOUSE/HOTEL FOR THE PURPOSE OF QUARANTINE AND ISOLATION IN HULHUMALE’

ޝައުޤުވެރިކަން ހުށަހަޅާނީ:

މިނިސްޓްރީ އޮފް ޓޫރިޒަމް

5 ވަނަ ފަންގިފިލާ، ހ. ވެލާނާގެ،

މާލެ'، ދިވެހިރާއްޖެ

ފޯނު ނަންބަރު:+ 960 3022200, + 960 3022266, ފެކްސް ނަންބަރު: 3322512 960+

އީމެއިލް: [email protected]

ހުށަހެޅުންތައް ބަލާ ފާސްކުރުން

  1. ޝައުގުވެރިކަން ހުށަހަޅާފަރާތްތަކުން ހުށަހަޅާ ހުށަހެޅުމުގައި ހިމަނާފައިވާ މައުލޫމާތު މިމިނިސްޓްރީ ބަލާ މިންކުރެވޭނެއެވެ. މިމިންކުރުމަށްފަހު، އޭގެތެރެއިން ހޮވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.

މި އިޢުލާނާއި ގުޅޭއިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ29ނޮވެންބަރު2020އާދިއްތަދުވަހުގެ13:00ގެ ކުރިން މިމިނިސްޓްރީގެ ނަންބަރު (+960) 302 2207  އަށްގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ރާއްޖެއާއި ގުޅޭގޮތުން އެހެން އެއްވެސް މަޢުލޫމާތެއް ބޭނުންތޯ؟