މިނިސްޓްރީން ދެމުންދާ ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ދިނުމާ ގުޅޭ:(IUL)88-ADHR/88/2023/47
އިޢުލާން ނަންބަރު: (IUL)88-ADHR/88/2023/47
އިޢުލާން
މިނިސްޓްރީން ދެމުންދާ ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ދިނުމާ ގުޅޭ:
މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދެމުންދާ ގިނަ ޚިދުމަތްތައް 10 ޖުލައި 2023 ގައި ތަޢާރަފް ކުރެވޭ ޑިޖިޓަލް ޕަބްލިކް ސަރވިސް ޑެލިވަރީ ޕްލެތް ފޯމް "ވަންގަވް" މެދުވެރިކޮށް ފޯރުކޮށްދިނުމަށް ނިންމާފައިވާކަން އިޢުލާން ކުރަމެވެ. މި ބަދަލުގެ ސަބަބުން މިނިސްޓްރީން ފޮރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ފަސޭހަކަމާއެކި މި ޚިދުމަތްތައް ލިބިގެންދާނެއެވެ.
"ވަންގަވް" އަށް އެކްސެސް ވުމަށް 10 ޖުލައި 2023 ގެ ފަހުން https://one.gov.mv އަށް ޒިޔާރަތް ކުރައްވާށެވެ. "ވަންގަވް" ބޭނުންކުރުމާ ގުޅޭ އިރުޝާދުތައް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
"ވަންގަވް" ބޭނުންކުރުމަށް އީ-ފާސް އެކައުންޓެއް އޮތުން ލާޒިމްވާނެއެވެ. އީ-ފާސް އެކައުންޓެއް ނެތް ބޭފުޅުން އެކައުންޓެއް ހުޅުވުމަށް https://efaas.egov.mv ޒިޔާރަތްކުރެއްވުން އެދެމެވެ. މި ވެބްސައިޓްއިން އީ-ފާސް އަދި އެކައުންޓް ހުޅުވުމާބެހޭ އެންމެހާ މަޢުލޫމާތު ލިބިލައްވާނެއެވެ.
"ވަންގަވް" އައި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ "ވަންގަވް" ސަޕޯޓް ޓިމް ގެ ނަންބަރު 1500 އަށް ގުޅުއްވުން އެދެމެވެ.
20 ޛުލްޙިއްޖާ 1444
08 ޖުލައި 2023
ޚާދިމަތުކުމް
ފާޠިމަތު ނިލްފާ
ޕަރމަނަންޓް ސެކްރެޓަރީ